Last Updated: March 29, 13:58
Wednesday, March 29, 2023
ޚަބަރު

ހައްޖު ކޯޓާގެ 5 ޕަސެންޓް ބޮޑެތި ބަލިތަކުގެ މީހުންނަށް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބޭ ހައްޖު ކޯޓާގެ ފަހެއް އިންސައްތަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޚާއްސަ ކުރުމަށް ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓް އެ މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޙާއްސަކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މި ޖާގަތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 21 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މި އަހަރަށް ރާއްޖެއަށް ވަނީ 1000 ކޯޓާ ދީފަ އެވެ.