Last Updated: April 23, 12:16
Tuesday, April 23, 2024
ދުނިޔެ

އެމެރިކާ އިން 2024 ގެ ނޮވެމްބަރުގައި ހަނދަށް

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ހަނދަށް ދާނެ ކަމަށް ނާސާ އިން ބުނެފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާ އިން މިކަން އިއުލާންކުރި އިރު، ނާސާގެ "އޮރިއަން" ޖައްވީ އުޅަނދު ހަނދުގެ ބޭރުން އުދުހުމަށް ފަހު އެނބުރި ޕެސިފިކް ކަނޑަށް ވެއްޓުނުތާ ގާތްގަނޑަކަށް ތިން މަސް ވެއްޖެ އެވެ.

މި ހަފުތާގައި، ސްޕްލެޝްޑައުން އަށް ފަހު އެ އާޓެމިސް އައި މިޝަންގެ ޑޭޓާ ފަރުވާތެރިކަމާއެ ކު މުރާޖައާ ކުރުމަށް ފަހު، ޖައްވީ އިދާރާގެ އޮފިޝަލުން ތަކުރާރުކޮށް ބުނީ ފްލައިޓުގައި ކުދިކުދި މަދު މައްސަލަތަކެއް ހުރި ނަމަވެސް ޖުމްލަކޮށް އިތުބާރު އިތުރުވި ކަމަށެވެ.

އެމެރިކާ އިން އަލުން ހަނދަށް ދާން މަސައްކަތްކުރާތާ މިހާރު ގިނަ ދުވަސްތަކެއްޖެ އެވެ. އެގޮތުން 2024 އަމާޒު ހިފައިގެން "އާޓެމިސް" ޕްރޮގްރާމްގެ އެކި މަރުހަލާތައް ކުރިއަށް ގެންދާތާ ދުވަސްތަކެއްވެއްޖެ އެވެ. މި ފަހަރު ދެ މީހަކު ހަނދަށް ފޮނުވަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން އެކަކަށް ވާނީ އަންހެން އެސްޓްރޯނަޓެކެވެ.

އެމެރިކާ އިން ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ.