Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކަޅުކޫޑި ފެތުރޭތީ ސަމާލުވާން އެދިއްޖެ

މިހާރަކަށް އައިސް ރާއްޖޢހެ ރުއްތަކަށާއި ގަސްތަކަށް ހަލުވިކަމާ އެކީ ކަޅުކޫޑި ފެތުރެމުންދާތީ އެ ކަމަށް ސަމާލުވާނ އެގްރިކަލްޗް މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ ރުއްތަކަށާއި ގަސްތަކަށް ކަޅުކޫޑި ފެތުރެމުން ދަނީ ދިރޭ ސުއިއްޕެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ސަބަބުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެފައިވާކަމަށް ވެސް މިިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ބައްޔަކީ ހަމައެކަނި ރުއްތަކާއި ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ޖެހޭ ބައްޔެއް ނޫން ކަމަށާއި ބަގީޗާ ގަސްތަކަށްވެސް ބަލި ޖެހޭ ކަމަށެވެ. އެހެންވެ އެ ބަލި ނައްތާލަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ބަލި ބާރަށް ފެތުރެމުންދާތީ ގަހެއް ނުވަތަ ރުކެއް ވެސް އެއް ތަނުން އަނެއް ތަނަށް ގެންދާއިރު އެހެން ގަސްތަކާއި ދުރުގައި ބަހައްޓައިގެން ގެންދިއުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ރުކަކަށް ނުވަތަ ގަހަކަށް ކަޅުކުޑި ޖެހިއްޖެނަ މަ އެ ރަށެއްގެ ކައުންސިލަށް އެންގުމަށް މިނިސްޓްރީން އެދިފައިވެ އެވެ.