Last Updated: May 13, 11:42
Tuesday, May 13, 2025
ޚަބަރު

ޝަރަފުއްދީންގައި އަލިފާނާ ގުޅޭ ސެޝަނެއް ބާއްވައިފި

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ލިޓްލް މެއިޑުންނަށް ފަޔަ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ޝަރަފުއްދީން ސްކޫލުގައި އިއްޔެ ބޭއްވި މި ސެޝަންގައި އެ ސްކޫލުގެ 51 ދަރިވަރަކު ބައިވެރިވި އެވެ. ސެޝަންގައި ކިޔަވައި ދިން ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަ އެކްސްޓިންގުއިޝާ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފަ އެވެ.

ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.