Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

އިންޑިއާގެ "ކޭމްޕާ ކޯލާ" އަލުން އަންނަނީ

މީގެ ބައި ގަރުނެއްހާ ކުރިން އިންޑިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސޮފްޓް ޑްރިންކް ބްރޭންޑް "ކޭމްޕާ ކޯލާ" އަލުން ނެރެން ތައްޔާރުވާން ފަށައިފި އެވެ.

އިންޑިއާގައި 70 އާއި 80 އަހަރުގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި "ކޭމްޕާ" އަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ކޮކަ ކޯލާ އާއޮ ޕެޕްސީ އަށް އިންޑިއާގައި ބޮޑު ވާދަވެރިކަމެއް ވެސް އުފެއްދި ބުއިމެކެވެ. "ކޭމްޕާ ކޯލާ" އެންމެ ފުރަތަމަ ނެެރުނީ 1977 ގަ އެވެ. އެކަމަކު 90 ގެ ތެރޭގައި އޭގެ މަގުބޫލުކަން ދަށްވެ، އެ ކޯލާ އުފެއްދުމުގެ މަސައްކަތް ހުއްޓައިލީ 2009 ގަ އެވެ.

އޭގެ 14 އަހަރު ފަހުން "ކޭމްޕާ ކޯލާ" އަލުން މިހާރުގެ ޖީލަށް ގެނެސްދެނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްޕޫރުންނެވެ.

އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް ރީޓެއިލް ވެންޗާސް ލިމިޓެޑް (އާރްއާރްވީއެލް) އަންނަ މެއި މަހުގެ ތެރޭގައި "ކޭމްޕާ ކޯލާ" އަލުން ލޯންޗްކުރާނެ ކަމަށެވެ. އެގޮތުން ތިން ރަހައެއް ނެރޭނެ އެވެ. އެއީ ކޯލާ، ލެމަން އަދި އޮރެންޖެވެ.

އެ ކޯލާ އަލުން ނެރެން އުޅޭނީ އިންޑިއާގެ ބައެއް އަންނަނީ އެކަމާ އުފާ ވެސް ފާޅުކުރަމުންނެވެ. "ކޭމްޕާ ކޯލާ" އަކީ "ދަ ގްރޭޓް އިންޑިއަން ޓޭސްޓް" ގެ ނަމުގައި ޕްރޮމޯޓްކުރި ބުއިމެކެވެ.