Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

އެމްއެސްޕީ ޓިނު ބްރޭންޑްތައް އެނގޭތަ؟

ދިވެހި ރާއްޖެއަކީ ދުނިޔޭގެ ދެބައިހަމަ-އީކުއޭޓަރ މަތީގައި އޮންނަ ކުދި ޖަޒީރާ ޤައުމެކެވެ. ހުޅަނގު މޫސުމުގައި ވާރޭވެހި އަދި އިރުވައި މޫސުމުގައި ހޫނު ގަދަވުމުގެ އިތުރުން، އަބަދުވެސް ލޮނުގެ އަސަރުވައިގައި ހިފާފައިހުންނަ ޤައުމެކެވެ. މިފަދަ ޤައުމެއްގައި އަޅުގަނޑުމެން ގެދޮރު އެޅުމަށް ބޭނުން ކުރާ ޓިނަކީ، އެންމެ ފެންވަރު ރަނގަޅު، ޒަމާނީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އެއްޗެއްކަން ޔަގީން ކުރަން އެބަޖެހެއެވެ. އަދި ހަމައެއާއިއެކު ރީތިވެފައި ހިތްގައިމު ވާން ވެސް ޖެހޭނެއެވެ.

މި ކޮލިޓީގެ ޓިނު ހޯދުމަށް މިހާރު ގިނަ ފިހާރަތަށް ބަލާކަށް ނުޖެހެއެވެ. ސަބަބަކީ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް (އެމް.އެސް.ޕީ) އިން، ވޭތުވެދިޔާ 22 އަހަރު ދިވެހިންނަށް އެފަދަ ޓިނު ފޯރުކޮދެމުންދާތީއެވެ. އެހެންކަމުން ތިޔަ ގޭގެ ފުރާޅުގަ ޖަހާފައި ހުރީ އެމް.އެސް.ޕީ ޓިނަށްވުންގާތެވެ. ދެން ކޮށްލަން އޮތް ސުވާލަކީ އެމްއެސްޕީގެ ޓިނު އެނގެނީ ކިހާވަރަކަށް ތޯއެވެ؟.

މަގުފުޅާ ޓިނާއި (ސީ-ޑެކް) އަދި މަގުހަނި ޓިނު (ޥޭޥް-ޑެކް) އުފައްދާ އެމް.އެސް.ޕީއިން 4 ކޮލިޓީ އެއްގެ ޓިނު ތައްޔާރުކުރެއެވެ. މި 4 ބާވަތަކީވެސް އެތައް ދިރާސާއެއްކޮށް، ރާއްޖެ ފަދަ ލޮނުގެއަސަރު ވައިގައި ހިފާފައި ހުންނަ ސަރަހައްދުތަކަށް އެއްމެ އެކަށީގެންވެ ޓިނެވެ.

އެމް.އެސް.ޕީގެ ކަލަރބޮންޑް ޓިނު

ކަލަބޮންޑް އަކީ ރާއްޖޭގައި މިވަގުތު ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު ޓިނެވެ. ދުނިޔޭގެ މަގުބޫލުކަންހޯދާފައިވާ އޮސްޓްރޭލިއާގެ ބްލޫސްކޯޕް ކުންފުނީގެ ކަލަރބޮންޑް ޓިނަކީ އެތައް ދިރާސާއެއްކޮށް އުފައްދާފައިވާ، ރާއްޖޭގެ މާހައުލަށް އެއްމެ އެކަށޭނެ ޓިނެވެ. ވޭތުވެދިޔަ 35 އަހަރު ދިވެހިން ތަޖުރިބާ ކޮށްފައިވާ މި ޓިނަކީ ރާއްޖޭގައި ވިއްކަންހުރި އެއްމެ މޮޅު އަދި އުމުރުދިގު ޓިނެވެ. މިއާއެކު ހޫނު ދުވަސްވަރު ގޭތެރޭގެ ފިނިހޫނުމިން ހިފަހައްޓައި އޭސީގެ ސަބަބުން ކަރަންޓު ބިލުން ބޮޑުވާ ބައި ހިފަހައްޓައި ދެއެވެ. ވާރޭފެންނަގަން ރައްކާތެރި ލެޑުނުހުންނަ، އެމް.އެސް.ޕީއިން ވިއްކާ ކަލަރބޮންޑް ޓިނު ރާއްޖޭގެ ގެތަކުގައި ބޭނުންކުރާތާ މިހާރު 35 އަހަރުވީއިރު އެމް.އެސް.ޕީ އިން މިޓިނު ވިއްކާތާ 22 އަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. މިބާވަތުގެ ޓިނުގެ 7 ކުލައެއް ވަގުތުން ލިބެންހުރެއެވެ.

އެމް.އެސް.ޕީގެ ޒިންކަލޫމް ޓިނު

މަގު ފުޅާ ޓިނުގެ ތެރެއިން ޒިންކަލޫމް އަކީ ރެސިން ފިނިޝިންއަކާއެކު ބާޒާރަށް ނެރެފައިވާ ޓިނެކެވެ. ކަލަރބޮންޑް ޓިނަށް ވުރެ އަގުހެޔޮ މި ޓިނަކީ އޮފް ކަމެއް ހުންނަ އަދި ހޫނުވުން ކުޑަކޮށްދޭ ރަނގަޅު ފެންވަރުގެ ޓިނެކެވެ. ކަލަރބޮންޑް އެކޭ އެއްފަދައިން މިޓިނަކީ އަވަހަށް ދަބަރު ޖެހުން ކުޑަ، ގިނަ ދުވަހަށް ޓިނުގަނޑުގެ ރައްކާތެރިކަން ދަމަހައްޓައި ދޭ ރަނގަޅު ފެންވަރުގެ ޓިނެކެވެ. އޮސްޓްރޭލިއާގެ ބްލޫސްކޯޕް ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ޒިންކަލޫމް އަކީ މިވަގުތު ރާއްޖޭގައި ވިއްކާ ކުލަނުހުންނަ ޓިނުތަކުގެ ތެރެއިން އެންމެ މޮޅު ޓިނެވެ.
މީގެ އިތުރުން ޒިންކަލޫމް ޓިނަކީވެސް ގިނަ މާޙައުލަތަކެއްގައި ޓެސްޓު ކުރެވި ރާއްޖޭގެ މާހައުލަށް ފެތޭކަން ޔަޤީން ކުރެވިފައިވާ ފެންވަރު ރަނގަޅު ޓިނެއް ކަމަށް އެމް.އެސް.ޕީން ބުނެއެވެ.

އެމް.އެސް.ޕީގެ ޑީއުރަޑެކް ޓިނު

ޑިއުރަޑެކްއަކީ ހިތްގައިމު ރީތި ކުލަ ޓިނު އަގުހެޔޮކޮށް ބޭނުންވާ ފަރާތްތަކަށް އެންމެ ރަނގަޅު ބްރޭންޑެވެ. މަގުފުޅާ މިޓިނަކީ ރާއްޖޭގެ މާކެޓުގައި ވިއްކާ އެއްމެ ކޮލިޓީ ރަނގަޅު އަދި އެއްމެ އަގުހެޔޮ ޓިނެވެ. ޑިއުރަޑެކް ޓިނުގެ ލިބެންހުންނަ ދެ ކުލައިގެ ތެރޭގައި ހިމެނެނީ ލެގޫނާ ބްލޫ އާއި ލެގޫނާ ގްރީން އެވެ.

އެމް.އެސް.ޕީގެ ގަދަޓެކް ޓިނު

މަގު ހިމަ ނުވަތަ އާދައިގެ ޓިނުގެ ތެރެއިން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި، އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ އެމް.އެސް.ޕީގެ ގަދަޓެކް ޓިނެވެ. މި ޓިނުގެ އެންމެ މުހިންމު ސިފަޔަކީ އިމާރާތްކުރާ ސަރަހައްދުގައި ގިނަ ދުވަހަށް ބޭނުން ކުރެވުމެވެ. ސަބަބަކީ މި ޓިނަކީ އަލްކަލައިން ރެސިސްޓެންޓް އދި ސޯލްޓް ރެސިސްޓެންޓް ޓިނަކަށްވުމުންނެވެ.

އަދި ރާއްޖޭގެ މާކެޓުގައި ގަދަޓެކް ޓިނާއި އަޅާއި ކިޔާލެވޭނެ ޓިނެއް ނެތް ކަމީ ޓިނުގެ ފެންވަރ ދައްކުވައިދޭ ކަމެކެވެ.
ހަގީގަތުގައިވެސް އެމްއެސްޕީގެ ހުރިހާ ބާވަތެއްގެ ޓިނަކީ ފެންވަރު ރަނގަޅު ބޭނުން ކުރަން ރައްކާތެރި ޓިނުތަކެކެވެ. އެމްއެސްޕީ އަކީ 2000 ވަނަ އަހަރު އެސްޓީއޯ އަދި ރެއިންބޯ އެންޓަޕްރައިޒެސްގެ ހިއްސާ އޮވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ސައްތައިން ސައްތަ ދިވެހި ކުންފުންޏެކެވެ. އެމް.އެސް.ޕީ ޓިނު ލިބެންހުންނާނީ އެސްޓިއޯ އަދި ރެއިންބޯގެ ފިހާރަތަކުންނެވެ.