Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

300 އާއިލާއަކަށް އެހީވުމުގެ ފުރުސަތެއް

ހާލުގައި އުޅޭ 300 އާއިލާއަކަށް ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހީތެރިވުމުގެ ފުރުސަތު މަމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލައިފި އެވެ.

އާންމުންނާއި ވިޔަފާވެރިންގެ ވެސް ތަފާތު އެހީއާ އެކީ މިހާތަނަށް އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ޖަމިއްޔާ އިން ބުނީ ރޯދަ މަހަށް އެހީތެރިކަމަށް ބޭނުންވާ 300 އާއިލާއިން އެކަމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މަމްސް އިން ބުންޏެވެ.

ޖަމިއްޔާއިން ބުނީ އެހީ ބޭނުންވާ އާއިލާތަކުގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންނާއި، ހާއްސައެހީ އަށް ބޭނުންވާ ކުދިންނާއި ޔަތީމު ކުދިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ނިކަމެތި ޢާއިލާތަކަށް އެހީތެރިވުމަށް މަމްސް އިން ވަނީ 4 ޕެކޭޖެއް އެކުލަވާލައިފައެވެ. އެއީ 3 ދުވަހުގެ ރޯދަ ވީއްލުމަށް 300ރ. ރުފިޔާ 5 ދުވަހުގެ ރޯދަ ވީއްލުމަށް 500ރ. އާއި ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށް ދިނުމަށް 1000ރ. ގެ އިތުރުން ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށް ދިނުން 1500ރ. އެވެ.

މަމްސް އިން ވަނީ އާއިލާތަކަށް އެހީތެރިވުމަށް ބޭނުންވާ މީހުންނަށް އެ ޖަމިއްޔާގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެކައުންޓް ނަމްބަރުތަކަކީ 7730000294482 MVR އަދި 7730000294483 USD އެވެ.