Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ހިތަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަނީ

ހިތަދޫ ބޮޑުމަގުގައި ބަޔަކު ދުއްވަނީ.

އައްޑޫ ހިތަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން ނިންމައި، އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށް ވަނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ މި މެއިލް tender@adducity.gov.mv މެދުވެރިކޮށެވެ.

ކައުންސިލުން ބުނީ މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ. ބީލަން ބަލައިގަތުމާއި ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.

ހިތަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން ނިންމި އިރު، އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މަރަދޫގައި ވެސް ހޭންޑްބޯލް ކޯޓެއް އަޅަން ނިންމައިފަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ވެސް ލި އެވެ.