Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ގޯދިއްޔާ ފުޓްސަލް މުބާރާތަށް ހުޅުވާލައިފި

އައްޑޫ މަރަދޫ ގޯދިއްޔާ ޖަމިއްޔާގެ މި އަހަރުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ޓީމްތަކަށް ހުޅުވާލައިފަ އެވެ.

ކޮންމެ އަަހަރެއްގެ ރޯދަ މަހުގެ ތެރޭގައި ފަށާ މި މުބާރާތް މި އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1-21 އަށެވެ. އެހެންވެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 9924041 އިން ލިބޭނެ އެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުޅުން ބާއްވަނީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގަ އެވެ. އަދި މި އަހަރުގެ މުބާރާތް އެތަނުގައި ބާއްވާ އިރު، އެތަނުގައި ވަނީ ޓާފް ވެސް އަޅައިފަ އެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ މެޗްތައް ކުރިއަށް ދާނީ ރޭގަނޑު އެވެ. އަދި މި މުބާރާތަކީ އާންމުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބޭ މުބާރާތެއްކަން ފާހަގަކޮށްލެވެ އެވެ.