Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"މަރުހަބާ ރަމަޟާން" ބުރާސްފަތީގައި

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ހަރަކާތްތަކެއް ފަށަން ނިންމައި "ރަމަޟާމް މަރުހަބާ" ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށަން ނިންމައިފި އެވެ.

އެގޮތުން އެ ރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަނީ ޝެއިހް އިލްޔާސް ހުސައިނެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ރޯދަ މަހަކު ވެސް ރަމަޟާންގެ މަހުގެ ރޭތައް އިހުޔާކުރަން ފޯރަމްތަކެއް ބާއްވަ އެވެ. އެގޮތުން މި ފަހުން އިހުޔާ ފޯރަމް މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުން ވެސް ގެނެސްދެ އެވެ. މި އަހަރު ވެސް އެ ޕްރޮގްރާމް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.

މި އަހަރުގެ އިހުޔާ ފޯރަމްގައި ދީނީ އެކި މައުޟޫތަކަށް މަޝްހޫރު ދީނީ އިލްމުވެރިންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 އެވެ. އަދި ހަނދު ސާބިތުކުރަން ބާއްވާ ޖަލްސާ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ބާއްވާނެ އެވެ.