Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ޓޫރިސްޓުންނަށް ޗައިނާ އެއްކޮށް ހުޅުވާލަނީ

ކޮވިޑާ ވިދިގެން ޗައިނާ އަށް ބޭރުގެ ޓޫރިސްޓުން ދަތުރުކުރުމުގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައި، އެ ގައުމު އެއްކޮށް ހުޅުވައިލަން ނިންމައިފި އެވެ.

ކޮވިޑްގެ ކުރިން ޗައިނާ އަށް ދަތުރުކުރެވެމުން ދިޔަ ގޮތަށް މާދަމާ އިން ފެށިގެން އަލުން ދަތުރުކުރެވޭނެ އެވެ. ތިން އަހަރެއްހާ ދުވަސް ފަހުން ޗައިނާ އަލުން އެއްކޮށް ހުޅުވައިލާ އިރު، އެ ގައުމުގެ ބޯޑަރުތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލައި، އެކި ގައުމުތަކަށް އަންނަނީ ވައިގެ ދަތުރުތައް ބާއްވަމުންނެވެ.

ނަމަވެސް ޗައިނާގައި ކޮވިޑްގެ ހާލަތު އޮތް ހާލަތާ މެދު ސުވާލު އުފައްދައި ބައެއް ގައުމުތަކުން ޗައިނާ އަށް ދަތުރުކުރުމާއި އެ ގައުމުގެ މީހުން އެހެން ގައުމުތަކަށް ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން އިލްތިމާސް ވެސް ކޮށްފައިވެ އެވެ. ޗައިނާ އިން އެ ގައުމުގެ ކޮވިޑް ހާލަތު ސިއްރުކުރާ ކަމަށް ތުހުމަތުކުރެވި، ކޮވިޑާ ގުޅޭ ސައްހަ މައުލޫމާތު އާންމުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.