Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހައްޖަށް ގެންދަން 11 ކުންފުންޏަކުން ހުށަހަޅައިފި

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން 11 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 11 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ. ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.