Last Updated: April 20, 09:47
Saturday, April 20, 2024
ދުނިޔެ

ފިޔަ އަށް ހަމައަގު ނުލިބޭތީ މުޒާހަރާ އަށް

އިންޑިއާގައި ފިޔާ ހައްދާ ދަނޑުވެރިންނަށް ހަމައަގު ނުލިބޭ ކަމަށް ބުނެ މުޒާހަރާކުރަން ފަށަށއިފި އެވެ.

އެގޮތުން މަހާރަޝްތުރާ ސްޓޭޓްގައި ގިނަ އަދަދެއްގެ ދަނޑުވެރިންތަކެއް ވަނީ އެ މީހުން ހައްދާ ފިޔަ އަށް ސަރުކާރުން ހަމައަގު ހޯދައި ދޭން ގޮވާލައި ބޮޑު މުޒާހަރާއެއް އިއްޔެ ފަށައިފަ އެވެ. ދަނޑުވެރިން ބުނެފައިވާ ގޮތުގައި ވަރަށް މަސައްކަތުން ހައްދާ ފިޔަ އަށް ލިބެން ޖެހޭ ހަމައަގު ނުލިބުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެ އެވެ.

އެހެންވެ ފިޔާ ހައްދާ ދަނޑުވެރިންގެ ޑިމާންޑަކީ އެ މީހުން އެ ބާވަތް ހައްދަން ކުރާ މަސައްކަތާއި ކުރާ ހޭދައާ އެކަށީގެންވާ ވަރުގެ އަގެއް ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށް ދިނުމެވެ.

ދަނޑުވެރިން ބުނެފައިވާ ގޮތުގައި ފިޔާގެ އަގު މި ފަހުން ވަރަށް ބޮޑަށް ވެއްޓި، އެކަމުގެ ގެއްލުމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި މުޒާހަރާ އަށް ނުކުންނަން ޖެހުނީ އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ދޭން ބާރު އެޅުމުގެ ގޮތުންނެވެ.

އިންޑިއާ އަކީ ޗައިނާ ފިޔަވައި ދެވަނަ އަށް އެންމެ ގިނައިން ފިޔާ ހައްދާ ގައުމެވެ. އެ ގައުމުގައި އަހަރަކު 24 މިލިއަން ޓަނުގެ ފިޔާ ހައްދަ އެވެ. އަދި އޭގެ ތެރެއިން 10-15 ޕަސެންޓް އެކްސްޕޯޓްކުރަނީ އެހެން ގައުމުތަކަށެވެ.