Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޖުލައި މެދު ތެރޭގައި އެންމެ ދެކުނު ފެރީން ގުޅާލެވޭނެ

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) އިން ގުޅައިލާނެކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުހައްމަދު ދެއްވައިފި އެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަންް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގދ. އަތޮޅާއި ގއ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އާރްޓީއެލް ފެރީ ނިޒާމިން ޖުލައި މަހުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ. އައްޑު އާއި ފުވައްމުލަކާ ދެމެދު އެމްޓީސީސީން މިހާރު ވެސް ފެެރީގެ ހިދުމަތް ދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އާރްޓީއެލްގެ ހިދުމަތް އެންމެ ދެކުނުގެ އަތޮޅުތަޖަށް ފެށުމުގެ ތައްޔާރީތައް އަންނަނީ ކުރެވެމުންނެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވެސް މިނިސްޓަރު ވަނީ ރާއްޖޭގެ އެންމެ ދެކުނަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އެގޮތުން އާރްޓީއެލް ފެރީތައް ކުރިން ބަންނަމުން އައި ގަލްފް ކްރާފްޓުން ކަމަށް ވިޔަސް އެ މަސައްކަތް ކުރަނީ އަލްޝާލީ މެރިންސް އިން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަސްލަމް ރޭ ވިދާޅުވީ އެންމެ ދެކުނަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފުރަތަމަ ލޯންޗް ބަނދެ ނިމި އެއަށް އެޕްރޫވަލް ވެސް ދީފައިވާ ކަމަށެވެ.

"ދެން އޮތީ އެ [އުޅަނދުތައް] ބާރަށް ބަނުން. އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން މި ސަދަން ރީޖަން އެކީގައި ދަތުރުފަތުރުގެ ޚިދުމަތް ފެށުން." އޭނާ ދާޅުވިއެވެ.

އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރްޓީއެލް ފެރީ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތީ ހަ ޒޯނަކަށް ރާއްޖެ ބަހާލައިގެންނެވެ.

އާރްޓީއެލްގެ ހިދުމަތް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އުތުރު ބައެއް ސަރަހައްދުތަކުގައި ފަށައިފަ އެވެ. އަދި އެ ހިދުމަތް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް ލިބޭ ކަމަށް ސަރުކާރުން ބުނެ އެވެ.