Last Updated: May 13, 11:55
Tuesday, May 13, 2025
މުނިފޫހިފިލުވުން

"ސުޕަމޭން" ގެ އާ ފިލްމު ޑައިރެކްޓް ކުރާނީ ގަން

"ސުޕަމޭން" އާ ފިލްމު ޖޭމްސް ގަން ޑައިރެކްޓްކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ޑީސީ ސްޓޫޑިއޯސްގެ ޗެއާމަންގެ އިތުރުން ސީއީއޯގެ މަގާމުގައި ވެސް ހުރި "ގާޑިއަންސް އޮފް ދަ ގެލެކްސީ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު ސުޕަމޭންގެ އާ ފިލްމު ޑައިރެކްޓްކުރަން ނިންމިކަން އިއުލާންކޮށް، އޭގެ ނަން ވެސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ޓައިޓްލް ރޯލު ކުޅޭނެ މީހަކު އަދި ހާމަނުކުރާ ފިލްމުގެ ނަމަކީ "ސުޕަމޭން: ލެގަސީ" އެވެ.

ސުޕަމޭންގެ އާ ފިލްމު ކުރިން ކުޅޭ ގޮތަށް އޮތީ 2013 ގައި ރިލީޒްކުރި "މޭން އޮފް ސްޓީލް" ކުޅުނު ހެންރީ ކެވިލް އެވެ. އެކަމަކު އޭނައާ ނުލައި ފިލްމު ހަދަން ނިންމިކަން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

"ސުޕަޕަމޭން: ލެގަސީ" ގެ ކާސްޓާއި ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި ހާމަނުކުރި ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހު އޮތީ ނިންމައި އެެވެ. އެއީ ޖުލައި، 11، 2025 އެވެ.

ގަން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ އަންނަ މެއި 5 އަށް ތާވަލުކޮށްފައި އޮތް "ގާޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 3" އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2021 ގެ "ދަ ސުއިސައިޑް ސްކޮޑް" އެވެ.

ޒެކް ސްނައިޑާ ޑައިރެކްޓްކޮށް، ކެވިލްއާ އެކީ ގެނެސްދިމް "މޭން އޮފް ސްޓީލް" އަކީ 258 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 668 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.