Last Updated: March 26, 16:36
Sunday, March 26, 2023
މުނިފޫހިފިލުވުން

ސަނާ މަޔަކަށް ވަނީ

ފިލްމު ކުޅެން ހުއްޓާލައި ދީނީ އިލްމުވެރިޔަކާ، ކައިވެނި ކުރުމަށް ފަހު ހައްޖުގެ އަޅުކަން ވެސް އަދާކޮށްފައިވާ އިންޑިއާގެ ކުރީގެ ބަތަލާ ސަނާ ޚާން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

"ވަޖާ ތުމް ހޯ" އާއި "ޖޭ ހޯ" އަދި "ހައްލާ ބޯލް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސަނާ އާއި މުފުތީ އަނަސް ސައީދު ކައިވެނިކުރީ 2020 ގަ އެވެ.

ދާދި ފަހުން ވެސް އުމުރާއެއްވެފައިވާ ސަނާ، 34، އިގްރާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ ވިހާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި ދަރިޔަކު ލިބެން އުޅޭތީ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

"ހަތުރޯން ކޭ ކިލާޅީ" އާއި "ބިގް ބޮސް" ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ސަނާ ބުނި ގޮތުގައި މުނިފޫހި ދާއިރާ ދޫކޮށްލީ ތައުބާވެ، އިސްލާމް ދީނުގެ މަގަށް ރުޖޫއަވުމުގެ ގޮތުންނެވެ. އަދި އެ ބަދަލާ އެކީ ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހަމަޖެހުމެއް އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ.

ސަނާގެ ދެމަފިރިން 2021 ގައި ޗުއްޓީ އަށް ރާއްޖެ ވެސް އަ އެވެ.