Last Updated: March 26, 16:48
Sunday, March 26, 2023
މުނިފޫހިފިލުވުން

ސަންޖޭ އަށް ލޯފަން މީހެއްގެ ރޯލު

"ހީރާ ޕޭރީ" ސީރީޒްގެ ކުރިއަށް އޮތް ފިލްމުގައި ސަންޖޭ ދަތު ލޯފަން މީހެއްގެ ރޯލު ކުޅެން ސޮއިކޮށްފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އީ ޓައިމްސް އަށް 63 އަހަރުގެ އެކްޓަރު ބުނީ އަކްޝޭ ކުމާރާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލް މައިގަނޑު ރޯލުތައް ކުޅޭ ފިލްމުގައި އޭނަ އަށް ކުޅެން ލިބުނީ ލޯފަން ޑޮންއެއްގެ ރޯލު ކަމަށެވެ. އަދި "ހީރާ ޕޭރީ 3" އިން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް ސަންޖޭ ބުންޏެވެ.

ސަންޖޭ މީގެ ކުރިން ވެސް ނުކުޅެދޭ މީހެއްގެ ރޯލު ކުޅެފައިވެ އެވެ. އެގޮތުން 1991 ގެ "ސާޖަން" ގައި ރަނގަޅަށް ނުހިނގޭ މީހެއްގެ ރޯލު ކުޅެފައިވެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ހީރާ ޕޭރީ 3" ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި "ހީރާ ޕޭރީ 4" ގެ ފަށާފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކާ ޖާން" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ އެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނީ ޕްރިޔާދަރުޝަން ޑައިރެކްޓްކޮށެވެ. އަދި "ޕިރް ހީރާ ޕޭރީ" ގައި 2006 ގައި ގެނެސްދިނީ ނީރަޖް ވޯރާ ޑައިރެކްޓްކޮށެވެ.