Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ބޭނުމީ އަންހެނުންގެ ބާރު ދައްކުވައިދޭ ފިލްމުތައް

މިހާރު އެންމެ ބޮޑަށް ކުޅޭ ހިތްވަނީ އަންހެނުންގެ ބާރުވެރިކަމާއި އެ މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތައް ދައްކުވައިދޭ ކަހަލަ ފިލްމުތައް ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" މާދަމާ ސިނަމާތަކުގައި މިއަދު ދައްކަން ފެށި އިރު، ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ރާނީ ބުނީ އިންޑިއާގެ އަންހެނުންނަކީ އަބަދު ވެސް ވަރުގަދަ ބައެއް ކަމަށެވެ. އެހެންވެ އަންހެނުންގެ ބާރާއި ނުޒޫފާއި އެ މީހުންގެ ކުޅަދާނަކަމާއި ޖަޒުބާތައް ދައްކުވައިދޭ ކަހަލަ ފިލްމުތައް ހަދައި، އިންޑިއާ އިން ބޭރުގެ އޯޑިއަންސްތަކަށް ވެސް އިންޑިއާ އަންހެނުންގެ ބާރުވެރިކަން ދައްކުވައި ދޭން ޖެހޭ ކަމަށް ބުންޏެވެ.

"އެކަހަލަ ސަބްޖެޓްތަކަށް ހަދާ މި ފިލްމުތަކަށް މިހާރު ބޮޑަށް ޝައުގުވެރިވޭ. ސްކްރިޕްޓެއް ހޮވާ އިރު މިހާރު އެންމެ ބޮޑަށް ބެލެނީ." މި ފަހުން "މަރުދާނީ" އާއި "ހިޗްކީ" ގައި ވަރުގަދަ ރޯލުތަކެއް ކުޅުނު ރާނީ ބުންޏެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަންހެނަކު ދަރިންނަށްޓަކައިވާ ގުރުނާބީއެއް ދައްކުވައިދޭ ފިލްމެކެވެ. މީއީ ނޯވޭގައި އިންޑިއާގެ ދެމަފިރިއެއްގެ ދަރިންތަކެއް އެ ގައުމުގެ ސަރުކާރަށް ނެގުމުން އެ ދަރިން އަނބުރާ ހޯދަން މަޔަކު މަސައްކަތްކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ރާނީ ބުނީ އަބަދު ވެސް ތަފާތު ކެރެކްޓާތައް ދައްކުވައިދޭ ފިލްމުތައް ކުޅެން ބޭނުންވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ސްކްރިޕްޓްޔައް ހޮވާނީ ވަރަށް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކީ ކަމަށް ބުންޏެވެ.

"އުންމީދު ކުރަން މިސިޒް ޗެޓަޖީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ. ހަގީގަތުގައި ހިތްތަކާ ވަރަށް ކުޅެލާނެ ކަހަލަ ފިލްމެއް." އޭނަ ބުންޏެވެ.

ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއާ ކައިވެނިކޮށްގެން އަންހެން ދަރިޔަކު ވެސް ހުރި ރާނީގެ ކެރިއަރުގައި ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "ބްލެކް" އާއި "ސާތިޔާ" އާއި "ބަންޓީ އޯރް ބަބްލީ" އާއި "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" އާއި "ވީރް ޒާރާ" އާއި "ހަމް ތުމް"، "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "ޗަލް ޗަލްތޭ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.