Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

އޮޓޯ ރިކްޝާ އަށް ހުއްދަ ނުދޭނެ: ޓްރާންސްޕޯޓް

ރާއްޖޭގައި އޮޓޯ ރިކްޝޯ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް އިސްލާހު ގެނެސް، ތިން ފުރޮޅުލީ އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭ ގޮތަށް ހާއްސަ ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ސަރަހައްދުގެ ބައެއް ގައުމުތަކުއި ބޭނުން ކުރާ ކަހަލަ ތިން ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކެޓަގަރީއެއް ގަވާއިދަށް އިތުރުކުރީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތަކެއް ހުންނާތީ ކަމަށެވެ. އަދި ކުރިން ގަވާއިދުގައި ބަގީތަކަށް ހާއްސަ ކެޓަގަރީއެއް ނޯންނާތީ ފުށުއެރުންތަކެއް ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ ރިސޯޓްތަކުގައި ބޭނުންކުރާ ބަގީތައް މިހާތަނަށް އޮތީ ރަޖިސްޓްރީ ނުކުރެވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ތިން ފުރޮޅުލީ އުޅަނދެއްގެ ގޮތުގައި އޮޓޯ ރިކްޝޯ ރަޖިސްޓްރީކޮށެއް ނުދޭނެ އެވެ. އަދި މިހާރު ކޮންމެ އުޅަނދެއް ރަޖިސްޓްރީކޮށް ދޭނީ އޭގެ ފޮޓޯ ބެލުމަށް ފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.