Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

އަންހެން ކުދިންނަށް އެމެރިކާގައި ފުޓްބޯޅަ ތަމްރީނު

ރާއްޖޭގެ އަންހެން ކުދިންނަށް އެމެރިކާގައި ފުޓްބޯޅައި ތަމްރީނު ދޭން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާސް (އީސީއޭ) އާއި އެފްއެޗްއައި360 ގުޅިގެން ހުޅުވާލި ޕްރޮގްރެއް ކަމަށެވެ. އެމެރިކާގައި ތަމްރީނު ދޭ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 15–18 އަހަރުގެ ފަސް އަންހެން ކުދިންނަށެވެ.

މި މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރަން ހަމަޖެހިފައި ރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅަ ކުޅުމުގެ ހުނަރު ލިބިފައި ހުރުމުގެ އިތުރަށް ގައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައި ނުވާ ކުދިންނެވެ.

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ފަސް އަންހެން ކުދިން އެމެރިކާ އަށް ގެންގޮސްގެން ފުޓްބޯޅައިގެ ތަމްރީން ދިނުމަށް ނިންމައި އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

ރާއްޖޭގެ ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި މިއީ ޔޫއެސް މިޝަން މޯލްޑިވްސް އާއި ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާސް (އީސީއޭ) އަދި އެފްއެޗްއައި360 އިން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ތަމްރީން އޮންނާނީ މި އަހަރުގެ ޖޫން/ޖުލައި މަހުގެ ތެރޭގަ އެވެ. ޔޫތު މިނިސްޓްރީ ބުނީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާއިރު، އެ ކުއްޖަކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ 5 މިނިޓްގެ ވީޑިއޯ ކްލިޕެއް ހުށަހަޅަން ޖެހެއެވެ.

ކުރިމަތިލާ ކުދިންގެ ތެރެއިން އެންމެ ގާބިލު ފަސް ކުދިން ކަނޑައަޅާނީ އެ މިނިސްޓްރީ އާއި ޔޫއެސް މިޝަން މޯލްޑިވްސް އިން އިންޓަވިއުކުރުމަށް ފަހުގައެވެ. ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12 ގެ ކުރިންނެވެ. ބައިވެރިވުމަށް އެދި ހުށަހަޅާ އިރު، އެ ކުއްޖަކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ 5 މިނިޓްގެ ވީޑިއޯ ކްލިޕެއް ވެސް ހުށަހަޅަން ޖެހެއެވެ. އަދި ޕްރޮގްރާމަށް ބައިވެރިން ހޮވާނީ ހުށަހަޅާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕް އަދި އިންޓަވިއުއިން އެންމެ މަތިން ފާސްވާ ކުދިން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެމެރިކާ އިން ރާއްޖެ އަށް މި ލިބުނު ފުރުސަަކީ ފުޓްބޯޅަކުޅުމުގެ ފުރުސަތުތައް ތަނަވަސްވެފައި ނުވާ، އަންހެންކުދިން ބާރުވެރި ކުރުވުމެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމަށް ހޮވޭ ކުދިންނާ އެކީ ރާއްޖޭގެ އަންހެން ކޯޗެއް ވެސް އެމެރިކާ އަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި 3347300 ނަމްބަރުންނާއި މި ލިންކުން www.juliefoudyleadership.com ލިބޭނެ އެވެ.