Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ހެޔޮ ކަމެއް ކުރެވޭނީ ނިޔަތް ރަނގަޅުވެގެން: އިމްރާން

ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިޔަސް ކަމެއްގެ ނަތީޖާއާ ހަމައަށް ދެވޭނީ އެކަމެއް ހެޔޮ ނިޔަތެއްގައި ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނަ މި މޭރުމުން މިއަދު ޓްވީޓެއް ކުރައްވާފައި ވަނީ ސަރުކާރުގެ މިހާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ތާއީދު ނުކޮށް، އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ކަމަށް ބެލެވެ އެވެ.

"ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް އެކަމަކުން އާހިރުގައި ހެޔޮ ނަތީޖާއެއް ނުކުންނާނީ އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެވިގެން." ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން މީގެ ދެ ދުވަހެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތަކާ މެދު ވަރަށް ހިސާބު ޖައްސަވައިފި ކަމަށާއި ރައީސް ސޯލިހު އިންތިހާބުން މޮޅު ވާނެ ކަމަށެވެ. އަދި ރައީސް ދެވަނަ ދައުރެއް ކަށަވަރު ކުރައްވަނީ 51.2 ޕަސެންޓަށް ވުރެ މަތިން ވޯޓް ހޯއްދަވައިގެން ކަމަށެވެ.