Last Updated: March 29, 10:36
Friday, March 29, 2024
ކުޅިވަރު

ކުއާޓާގައި ޗެލްސީ އާއި ރެއާލްގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ޗެލްސީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ކުއާޓާގައި ޗެލްސީ އާއި ރެއާލް ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމު ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ވެސް ބައްދަލުކޮށްފަ އެވެ. އެގޮތުން ޗެލްސީ ބަލިކުރުމަށްފަހު ރެއާލް ސެމީފައިނަލަށް ދަތުރުކުރިއިރު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.

ކުއާޓާގައި އެހެން ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު މެންޗެސްޓަރ ސިޓީ ނިކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ. ނަޕޯލީން އޭސީ މިލާނާ ދެކޮޅަށް ނިކުންނައިރު އިންޓަ މިލާން ނިކުންނާނީ ބެންފީކާއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުން މިއަދު ނެގި ގުރުއަތުގައި ސެމީ ފައިނަލް ސްލޮޓުތަކަށް ޓީމުތަކަށް ދާނެ ގޮތްވެސް ވަނީ ކަނޑައަޅައިފަ އެވެ. ޗެލްސީއާއި ރެއާލް މެޗުން މޮޅުވާ ޓީމު ސެމީގައި ކުޅެން ޖެހޭނީ ސިޓީއާއި ބަޔާން މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަނެއް ސެމީއަށް ދާނީ އިންޓަ މިލާނާއި ބެނިފީކާ ކުޅޭ މެޗުގެ އިތުރުން އޭސީ މިލާނާއި ނަޕޯލީ ވާދަކުރާ މެޗުން މޮޅުވާ ޓީމުތަކެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 11 އަދި 12 ގަ އެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18 އަދި 19 ގަ އެވެ.