Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ފޭދޫގައި އަލިފާނާ ގުޅޭ ސެޝަނެއް ބާއްވައިފި

އައްޑޫ ފޭދޫގެ ރައްޔިތުންނަށް،"ކިޗަން ފަޔަ ސޭފްޓީ" ސެޝަނެއް ބާއްވައިފި އެވެ.

.އެ އަވަށު ވޮލީކޯޓްގައި އެމްއެންޑީއެފް ސަދަމް އޭރިއާ އިން ބޭއްވި މި ސެޝަންގައި 15 މީހަކު ބައިވެރިވި އެވެ. ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށް ދީފައިވެ އެވެ.

މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ އެ ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަ ސްޓޭޝަންގެ ސިފައިންނެވެ.