Last Updated: March 29, 14:44
Wednesday, March 29, 2023
ޚަބަރު

އައްޑު އަށް އިތުރު ކްރޫޒް ލައިނާއެއް

އައްޑު އަށް އަނެއްކާ ވެސް ބޭރުގެ ކްރޫޒް ލައިނާއެއް ޒިޔާރަތްކޮށްފި އެވެ.

އިއްޔެ އައި ކްރޫޒް ލައިނާ، އެމްއެސް ސިލްވަ ޝެޑޯ އަށް މަރުހަބާ ކިޔަންް ފޭދޫ ބަނދަރު މަތީގައި ހާއްސަ ހަރަކާތެއް ވެސް އޮތެވެ. އަދި ކްރޫޒް ލައިނާ އަށް މަރުހަބާކީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

އިއްޔެ އައި ކްރޫޒް ލައިނާ އިން އައި ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް ފޭދު އަށް ފައިބައި ގުޅިފައިވާ އަވަށްތަކަށް ވެސް ދިޔަ އެވެ. މިއީ މި އަހަރުގެ މިހާތަނަށް އައްޑު އަށް އައި ތިން ވަނަ ކްރޫޒް ލައިނާ އެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު އައްޑު އަށް އައި ދެ ކްރޫޒް ލައިނާ އަކީ "އާޓޭނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" އެވެ.

ދެން އައްޑު އަށް ކްރޫޒް ލައިނާ އަށް އަންނަން ހަމަޖެހިފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ގަ އެވެ. އެއީ އެމްއެސް ފްރެޑް އޮސްލެން ބޮލެޓެވެ.