Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

ޝާލިންގެ އާ ސިލްސިލާ މިރޭ ފަށަނީ

ކަލާސް އިން ދާދި ފަހުން ނިންމާލި "ބިގް ބޮސް 16" ގެ ގަދަ ފަހެކަށް ދިޔަ ޓީވީ އެކްޓަރު ޝާލިން ބެނޮޓްގެ އާ ސިލްސިލާ "ބޭގާބޫ" މިރޭ ބެލުންތެރިންނަށް ދެޫކޮށްލަން ތައްޔާރުވެއްޖެ އެވެެ.

މި ސިލްސިލާ ކަލާސް އިން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. މިއީ "ބިގް ބޮސް 16" ގެ ފަހުން ބެލުންތެރިންނާ ޝާލިން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އޭނަ އަކީ މީގެ ކުރިން ވެސް ސިލްސިލާތަކެއް ކުޅެފައިވާ އެކްޓަރެކެވެ.

ފެންޓަސީ ޖޯންރާގެ "ބޭގާބޫ" ގެ ބަތަލާ އަކީ ކަލާސް އިން މިދިޔަ އަހަރު ނިންމާލި ސިލްސިލާ "ސިރުފު ތުމް" ގެ ބަތަލާ އީޝާ ސިންގް އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝިވާންގީ ޖޯޝީ، ޒައިން އިމާމް އަދި މޮނަލީސާ ހިމެނެ އެވެ.

އެތައް ސިލްސިލާއެއް ގެނެސްދީފައިވާ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީގެ "ބޭގާބޫ" ގެ އެޕިސޯޑްތައް ކަލާސް އިން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރެ އެވެ.