ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ވިލިމާލެ އިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ 1:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ގެއްލިގެން ހޯދަމުން ދަނީ އައިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ.
ޒޯޔާގެ އާއިލާއިން ބުނި ގޮތުގައި އިއްޔެ އިރުއޮއްސުނު ވަގުތު ޒޯޔާ ގެއިން ނިކުތީ ކައިރީ ހުރި ފިހާރައަކަށް ދިއުމަށެވެ. ނަމަވެސް އިރުއޮއްސި 7:30 ގައި ނިކުތް ގޮތަށް ގެއަށް އެެނބުރި އައިސްފައެއް ނުވެ އެވެ.