Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ސްޕޯޓްސް އެވޯޑް މިއުޒިކް ޝޯ މިރޭ

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ - ފޮޓޯ: ރައީސް އޮފީސް

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" އާއި ގުޅުވައިގެން މިއުޒިކް ޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެކުވެނި ޓްރެކް ސަރަހައްދުގައި ބާއްވާ މި މިއުޒިކް ޝޯ މިރެ އާއި މާދަމާ ރޭ ކުރިއަށްދާނެ އެވެ. މި ޝޯ ގައި ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ މުޅިން ވެސް ދިވެހި އާޓިސްޓުންނެވެ.

އެގޮތުން މިރޭ 8:30 ގައި އެކުވެނި ދަނޑުގައި ފަށާ މިއުޒިކް ޝޯގައި ބޮކިޓޮޒް، ސޮފުރާ އެންޑް ފްރެންޑްސް، ޝަލަބީ، ޓްރެފިކް ޖޭމް އަދި ހަބޭސް ބޮޑުބެރުގެ އެކި ހުށަހެޅުންތައް ފެނިގެން ދާނެ އެވެ. އަދި މާދަމާ ރޭގެ ޝޯ ގައި ރެވިއޯ، ސިމްބޮލިކް، އަދި އެޗޭޝިއާ ބޭންޑުގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ސްޕޯޓްސް އެވޯޑާއި ގުޅުވައިގެން މިއަދު މާލޭގައި ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފަ އެވެ.