Last Updated: March 26, 17:38
Sunday, March 26, 2023
ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެ

ފޮޓޯ: ނިޝާން އަލީ / މިހާރު

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ވިލިމާލެއިން 13 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، އެ ކުއްޖާ ހޯދަމުން ދަނިކޮށް ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.