Last Updated: July 27, 15:08
Saturday, July 27, 2024
މުނިފޫހިފިލުވުން

"ވަނާޖުބޭސާ" ގެ ޓްރެއިލާ، ފިލްމު އެޕްރީލްގައި

އަންނަ އެޕްރީލް މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައިވާ ފިލްމު "ވަނާޖުބޭސާ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މިއީ ކާއްޓޭ ޑިވާންޝޯގެ ނަމުން މަޝްހޫރުކަން ކޮމީޑިއަން ނަޒީރު ޝިހާމްގެ ފުރަތަމަ ފިލްމެވެ. ވިޝާލް ޒަކީ ޑައިރެކްޓްކޮށްފައިވާ "ވަނާޖުބޭސާ" ގެ ކާސްޓުންގެ ތެރޭގައި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) އާއި މުހައްމަދު ސައީދުގެ އިތުރުން އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީ ހިމެނެ އެވެ.

ވިޝާލް އާއި ކާއްޓޭގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމު އޮލިމްޕަހުގައި ޕްރީމިއާކުރަން ތާވަލުކޮށްފައި ވަނީ އެޕްރީލް މަހުގެ 25 ގަ އެވެ. މި ފިލްމު ވާނީ ސިނަމާ އަށް މި އަހަރު އަންނަ ދެވަނަ ދިވެހި ފިލްމަށެވެ.

އޮލިިމްޕަހުގައި ފިލްމެއް ނާޅުވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ފެބްރުއަރޫ 6 ގައި އެޅުވި ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އެވެ.

"ވަނާޖުބޭސާ" ގެ ފަހުން މެއި 3 ގައި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އޮލިމްޕަހަށް އަންނާނެ އެވެ.