ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމުދަނީ އެ މަނިކުފާނުގެ މަޑިމައިތިރި މިޒާޖާއި ރަނގަޅު އަހުލާގުގެ ސަބަބުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑިއޭ) ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ސަން ސިޔާމު) ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭން ތާއިދުކޮށް، އެމްޑީޕީއާ އެކީ އަލަށް ކޯލިޝަބް ހެދި ޕާޓީގެ ލީޑަރު، ރައީސަށް ތައުރީފުކޮށް ވާހަކަ ދެއްކެވީ ސަން ސިޔާމް ވިލުރީފްގައި އެމްޑީއޭގެ ދ. އަތޮޅުގެ ހުރިހާ ރަށެއްގެ ލީޑަރުންނަށް ބޭއްވި މާހެއްފުމެއްގަ އެވެ.
ސިޔާމްގައި ވާހަކައި އެމްޑީޕީގެ ކުރީގެ ލީޑަޝިޕާއި އެ ޕާޓީން ކުރިން ކަންތައް ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެމްޑީޕީގެ މޫނުމަތި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެއީ ރައީސް ސޯލިހުގެ ވެރިކަމަށް ވަޑައިގަތް ފަހުން އެ ޕާޓީ އަށް އައި ހެޔޮ ބަދަލުތަކެއް ކަމަށް ސިޔާމު ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި ކަންކަން ގޯސްވަނީ މުޅި ނިޒާމު ގޯސްވެނެއް ނޫނެވެ. އެކަމަކު އެގޮތަށް ދިމާވަނީ ބައެއް މީހުންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިހާރުގެ ހާލަތަށް ބަލާ އިރު، އެމްޑީޕީގެ މޫނުމަތި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެ ޕާޓީއާ އެކީ ކޯލިޝަން ހަދަން އެމްޑީއޭ އިން ނިންމި މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނާކަށް ނެތް މިހާރު އެތާކު [އެމްޑީޕީއަކު] އިސްލާން ދީނަށް ކަނޑައެޅިގެން ހަޖޫޖައްސަވާ ޖޯކު ޖައްސަވާ ބޭފުޅެއް. އެ ބޭފުޅާ [މުހައްމަދު ނަޝީދު] އެތަނުން މިހާރު ހިނގައްޖެ އެހެން ބޭފުޅަކު [ރައީސް ސޯލިހު] މޫނުމަތީގަ ހުންނެވީ،" ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު އޮތް ހަމައެކަނި ނުރުހުމަކީ އެއީ. އަބަދުވެސް އޮންނަ ނުރުހުމަކީ އެއީ."
އޭނަ ވިދާޅުވި ގޮތުގައި މަޖިލީހުގައި ހޭދަކުރެއްވި ވިއްސަކަށް އަހަރުގެ ތެރޭގައި އެމްޑީޕީ މީހަކާ ގުޅުން ބަދަހިކުރި ނަމަ ކޮށްފައި އޮންނާނީ މަޖިލީހުގެ ޅ. ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް ސޯލިހާ އެވެ.
ސިޔާމު ވިދާޅުވީ ރައީސާ ކުރެވުނު މަސައްކަތުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ. އެހެންވެ ކޯލިޝަން ހަދަން ނިންމި ނިންމުމަށް ދ. އަތޮޅުގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.