Last Updated: May 13, 09:23
Tuesday, May 13, 2025
ޚަބަރު

ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން އެސްޖޭ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއަކީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެސް.ޖޭއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއަކީ 95.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނި މި އިމާރާތް ކުރެވިގެންދާނީ މަލްޓީ ސްޓޯރީ ބިލްޑިންއެއްގައި 50 އެޕާޓްމަންޓާއި ލިފްޓު ހިމެނޭގޮތަށް ކަމަށެވެ. އެގޮތުން ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާއަކާއި ބިލްޑިންގ ސާވިސް އޭރިއާ ހިމެނޭނެއެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ އެޕާޓްމަންޓްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. އެޕާޓްމަންޓްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މިސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން އޭރިއާއެއް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.