Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ބަނގުރާ ކައްކާ ތަކެތި އައްޑޫން ހޯދައިފި

ފޮޓޯ: ފުލުހުން

ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭތަކެތި އައްޑޫސިޓީ ހިތަދޫއިން ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާޗް 18 ވަނަ ދުވަހު ހިތަދޫގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނަކީ ރޯދަމަހާ ދިމާކޮށް ހިތަދޫގައި ކުށްމަދުކުރުމަށް ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމާއި ރަށުތެރެ ޕެޓްރޯލުކުރުން ވަނީ އިތުރުކޮށްފައެވެ.