Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެމްއޭސީއެލުން ރޯދަ އިނާޔަތުގެ އިތުރަށް ހަދިޔާއަކަށް 2000ރ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ އިނާޔަތުގެ އިތުރުން ހާއްސަ އެލެވެންސްގެ ގޮތުގައި 2000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދޭން ނިންމައިފި އެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.

އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި އެ ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހައްމިއްޔަތު ފާހަގަކޮށް، މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000 ރުފިޔާ ދިިނުމަށް ނިންމާފައިވާ ކަމަށާއި ރޯދަ އިނާޔަތާ އެކު މި ފައިސާވެސް ޖަމާކޮށްދޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

ވަޒީފާ އާ ބެހޭ ގާނޫނުން ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދިނުން ލާޒިމް ކުރެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ.