Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ހަށިވިއްކި ބިދޭސީންތަކެއް ޑީޕޯޓްކުރަނީ

މާލޭގައި ހަށިވިއްކަނިކޮށް މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކުރި ބިދޭސީން ޑީޕޯޓްކުރަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 21 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން ތިން މީހުންނަކީ ބިދޭސީންނެވެ. އެއީ 36 އަހަރާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުބް 43 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެ މައްސަލާގައި ދެން ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހުން ހައްޔަރުކުރީ "ރޯޅި ގެސްޓްހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި ހަށިވިއްކަނިކޮށެވެ.

ފުލުހުން ބުނީ ހަށިވިއްކި ތިން ބިދޭސީން ޑީޕޯޓްކުރަން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.