Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ

އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖުބަލައި މީހާ ދެނެގަތުމަށްފަހު ކަމަށް ފުލުހުން ބުނެ އެވެ.

ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5،000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު އެ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.