Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ބޭނުންވާ އަދަދަކީ އެކެއް ކަމަށާއި ޝައުގުވެރިވާ ގާޒީންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ގާޒީގެ އަސާސީ މުސާރަ އަކީ 30،000ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެ އެވެ. އަދި މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ޖޭއެސްސީން ބުނީ ގާޒީގެ މަގާމަށް އެޕްލައި ކުރާނީ ފަހިރެސް ޕޯޓަލް apply.jsc.gov.mv މެދުވެރިކޮށް ކަމަށެވެ.