Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓްގެ މުވައްޒަފުންނަށް ސަލާމަތާ ބެހޭ ކުލާހެއް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް "ސެކިއުރިޓީ އެވެއާނަސް" ކުލާހެއް ހިންގައިފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިއްޔެ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ އެ ކުލާހުގައި ފޯރުކޮށް ދިން މަޢުލޫމާތުތަކުގެ ތެރޭގައި އޭވިއޭޝަން އިންޑަސްޓްރީގެ މަސައްކަތްކުރާ އިރު ޝައްކުވާ ފަދަ ޢަމަލުތައް ދެނެގަތުމާއި، ޓެރަރިޒަމް ހާދިސާއެއް ހިނގުމުގެ ކުރިން ފެންނަން ހުންނަ އާންމު ކަންކަމާ ބެހޭ ގޮތުންނާއި، ސުވާލުކުރުމުގެ ހުނަރާއި ކަންކަން ހުށަހެޅުން ފަދަ ކަންކަން ހިމެނެ އެވެ.

"ސެކިއުރިޓީ އެވެއާނަސް" ކުލާހުގައި އެއާޕޯޓުގެ 35 މުވައްޒަފަކު ބައިވެރިވި އެވެ.

ގަން އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ކަމާގުޅޭ ހުނަރާއި ތަމްރީނާއި މައުލޫމާތު އަންނަނީ ފޯރުކޮށް ދެވެމުންނެވެ.