Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ފޭދޫ ބަނދަރަށް އެހެލާފައިވާ އުޅަނދުތައް ނަގަން މުހުލަތެއް

އައްޑޫ ފޭދޫ ބަނދަރުގައި އެހެލާފައި ހުރި ކަނޑު އުޅަނދުތަކުގެ ސަބަބުން ބަނދަރުގެ ޖާގަ އަށް ދަތިވެ، އުނދަގޫވާޔީ އެ ތަކެތި ނަގަން ކައުންސިލުން މުހުތަލެއް ދީފި އެވެ.

ކައުންސިލުން ބުނީ ފޭދޫ ބަނދަރަށް އެހާލާފައި ހުރި އޮޑިދޯނި ބޮއްކުރާ އަދި ޑިންގީފަދަ ކަނޑު އުޅަނދުތަކުގެ ސަބަބުން ބަނދަރުގެ ޖާގަ ކުޑަވެ ބަނދަރު ބޭނުން ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ބަނދަރަކީ ހުރިހާ އެންމެންނަށް ލަފާ ފުރުމަށް ހަދާފައިވާ ތަނަކަށްވެފައި ބަނދަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުތައް ބަހައްޓައި އެތަކެތި ވީރާނާވުމަށް ދޫކޮށްލާފައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ އެފަދަ އުޅަނދފުތައް ނެގުމަށް އާދީއްތަ ދުވަހުން ފެށިގެން 20 ދުވަހުގެ މުހުލަތެއް މިހާރު ވަނީ ދީފަ އެވެ.

"ވީމާ ވިހި ދުވަހުގެ ތެރޭގައި އަވަށުގެ ބަނދަރުގައި ބަހައްޓާފައިވާ ކަނޑު އުޅަނދުތައް ބަނދަރުން ނަގައި ބިން ސާފުކުރުމަށް އެތަކެތީގެ ވެރި ފަރާތްތަކަށް އަންގާ އިޢުލާންކުރީމެވެ،" ކައުންސިލުން ބުންޏެވެ. "އަދި ދެވިފައިވާ މުއްދަތުގައި ތަކެތި ނުނަގައިފި ނަމަ އެތަކެތި ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ."