Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އައްޑޫގައި ޑެންގީ އިތުރުވަނީ، ސަމާލުވޭ!

އައްޑޫގައި މި ދުވަސްވަރު ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފި އެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ ތަފާސްހިސާބުތަކުން މިހާރު ދައްކާ ގޮތުގައި ޑެންގީ ހުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ދުވަސްވަރަކީ ވިއްސާރަ މޫސުމަށްވުމާ ގުޅިގެން ޑެންގީ ހުން އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭއީއެޗުން ބުންޏެވެ.

އެހެންވެ ހޮސްޕިޓަލުން ވަނީ ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމާއި ބަލިޖެހިއްޖެ ނަމަ ކުރާނެ ގޮތްތަކުގެ އިރުޝާދުތަކެއް ވެސް ދީފަ އެވެ. ޑެންގީ ހުމަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރަން އޭއީއެޗުން އިރުޝާދު ދީފައިވެ އެވ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.

އޭއީއެޗުން ބުނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ވީހާ ވެސް އަވަހަކަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަ އާއި އިރުޝާދު ހޯދުން މުހިއްމު ކަމަށެވެ.