Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ބޯކޮށް ވާރޭ ބެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އީދާރާ އިން އެ އެލާޓް ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑު އަށް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ އިރު، މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އެދިފައިވެ އެވެ.