Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އައްޑޫގައި ހުމާއި އިންފުލުއެންޒާ އިތުރު ވަނީ

އައްޑޫގައި މި ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ އިތުރުވަމުންދާތީ އާންމުންނަށް އެކަމަށް ސަމާލުވާން އައްޑީ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ އިރުޝާދު ވެސް ދީފަ އެވެ. އެގޮތުން ހަތް ކަމަކަށް އިސްކަން ދޭން އެދިފައިވެ އެވެ.

* ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާ އިރު، އަނގަމަތީގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެެއްޗެއް އެޅުން
* އާންމު ސާފު ތާހިރު ކަމަށް، ހާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުން
* ރޯގާ ޖެހިއްޖެ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
* ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
* ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
* ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި އެފަދަ މީހުން ރޯގާ ޖެހި ހުންނަ އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
* މާސްކް އެޅުން

އައްޑޫގައި މި ދުވަސްވަރު ޑެންގީ ހުން ވެސް އިތުރުވަމުންދާތީ އެކަމަށް ވެސް ސަމާލުވުމަށް ހޮސްޕިޓަލުން އެދިފައިވެ އެވެ.