Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ޝަރަފުއްދީން މުވައްޒަފުންނަށް ޓީމް ބިލްޑިން ސެޝަނެއް

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންނަށް ޓީމް ބިލްޑިން ސެޝަނެއް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ އިން ގަމު ތެޔޮ ޖެޓީ ބީޗުގައި އިއްޔެ ކުރިއަށް ގެންދިޔަ ސެޝަނުގައި އެ ސްކޫލުގައި 150 މުވައްޒަފަކު ބައިވެރިވި އެވެ. އެ ސެޝަންގައި ކުރިއަށް ގެންދިޔަ ބައިތަކުގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޓީމް ހަރަކާތްތަކާ ކުޅިވަރިތަކުގެ އިތުރުން ތިއަރެޓިކަލް އެސްޕެކްޓްސް އޮފް ޓީމްސްއާ ބެހޭ ބްރީފިންއެއް ބައިވެރިންނަށް ދީފައިވެ އެވެ.

މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީއެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.