Last Updated: April 24, 20:01
Wednesday, April 24, 2024
ރިޕޯޓް

ރޯދަ ރަހަ: އޭޝިއަން ބްރިންޖަލް ސެލަޑް

* ބޭނުންވާ ތަކެތި:

150 ގްރާމް ދަނބު ބަށި (ދިގަށް ކޮށާފައި)
250 މިލިލީޓަރު ތެޔޮ (ބަށި ތެލުލުމަށް)
1 ފިޔާ (ތުނިކޮށް ކޮށާފައި)
2 ޓޮމާޓޯ (އޮށް ނަގައި، ކޮށާފައި)
3 ދިގުމިރުސް (ތުނިކޮށް ކޮށާފައި)
ރަހަލާ ވަރަށް ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ ލުނބޯހުތް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކޮށާފައި ހުރި ބަށިކޮޅު ތެޔޮފޮދުގައި ތެލުލާށެވެ. ރަނގަޅަށް ތެލުލެވުމުން ބަށިކޮޅު ނަގާފައި އެއްފަރާތުގައި ބަހައްޓާލާށެވެ. ދެން ކޮށާފައި ހުރި ފިޔާކޮޅާއި، ކޮށާފައި ހުރި ޓޮމާޓޯ އަދި މިރުސްކޮޅު ބޯތައްޓެއްގައި އެއްކޮށްލާށެވެ. އަދި ލުނބޯހުތާއި ލޮނުކޮޅު އަޅައި އެއްކޮށްލާށެވެ.

އެންމެ ފަހުން ބޯތަށީގައި އެއްކޮށްފައި ހުރި އެއްޗެއްސަށް ބަށިކޮޅު ވެސް އަޅާފައި އެއްކޮށްލާށެވެ.