Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ރޯދަ ރަހަ: ބަނާނާ ޕޭންކޭކް

* ބޭނުންވާ ތަކެތި:

100 ގްރާމް ޗަސްކޮށްފައިވާ ދޮންކެޔޮ (2 ދޮންކެޔޮ)
1 ޖޯޑު ފުށް
1 ސައިސަމުސާ މުގުރި ފޮނިތޮށި
4 ބިސް
150 އެމްއެލް ފުލްކްރީމް މިލްކް
2 ސައިސަމުސާ ބޭކިން ޕައުޑާ
ބަޓަރު
މިކްސްޑް ބެރީޒް (ކުދިކޮށް ކޮށާފައި)
މޭޕަލް ސިރަޕް ނޫނީ މާމުއި

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ޗަސްކޮސްފައިވާ ދޮންކޭލާއި، ފުއށް މުގުރި ފޮނިތޮށި، ބިސް، ކިރު ބްލެންޑަރަށް ނުވަތަ ފުޑް ޕްރޮސެސާއްގައި މިކްސްކުރާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ބޭކިން ސޯޑާ އެޅުމަށްފަހު އިތުރު މިނެޓު ބްލެންޑުކޮށްލާށެވެ.
ދެން ތަތްނުލަވާ ތަވައެއްގައި މަޑުގިނީގައި އުދުންމައްޗަށް އުދާށެވެ.

ތަވާ ހޫނުވުމުން ބަޓަރުކޮޅެއް ހާކާލާށެވެ. ދެން ކުރިން ބްލެންޑްކުރި ބައިގެ ތެރެއިން ތެރެއިން ¼ ޖޯޑުގެ އެއްޗެތި ތަވައަށް އަޅާށެވެ. ދެތިން މިނެޓުވެ، ޕެންކޭކުގެ މަތީގައި ބޮކިޖަހަންފެށުމުން އަނެއް ފުށަށްޖަހާ އަނެއްކާ ވެސް ދެ މިނެޓެއްހާއިރު ފިހެލާށެވެ.

ޕެންކޭކްގެ ދެފުށް ވެސް ހުންނަންވާނީ ރަން-ރީނދޫ ކުލައިގަ އެވެ. ޕެންކޭކް ކާ އިރު، ކޮށާފައިވާ ބެރީޒް އަދި މާމު ނުވަތަ މޭޕަލް ސިރަޕާ އެކު ކެވިދާނެއެވެ.