Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ވެރިފައި ބެޖް ޓްވިޓާ ބްލޫ އަށް އެކަނި

ޓްވީޓާގައި މިހާރު ވެރިފައިކޮށްދޭ އުސޫލަށް ގެންނަން ނިންމި ބަދަލާ އެކީ އަންނަ މަހުން ފެށިެގން ވެރިފައި ބެޖް ލިބޭނީ ފީއެއް ދައްކަން ޖެހޭ ޓްވިޓާ ބްލޫ ބޭނުންކުރާ މީހުންނަށް އެކަނި ކަމަށް ނިންމައިފި އެވެ.

މިކަން މިއަދު އިއުލާންކޮށް ބުނެފައި ވަނީ އަންނަ މަހުގެ 1 އިން ފެށިގެން ވެރިފައިކޮށް ދޭނީ ޓްވިޓާ ބްލޫ ބޭނުންކުރާ މީހުންނަށް އެކަނި ކަމަށެވެ. ޓްވިޓާ ބްލޫ އަކީ ވެބްގައި މަހަކު 8 ޑޮލަރު އަދި އައިއޯއެސް/އެންޑްރޮއިޑްގައި 11 ޑޮލަރު ނަގާ ހިދުމަތެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަހުޖަނު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު، އެކައުންޓް ވެރިފިކޭޝަނަށް ފީއެއް ދައްކާ ގޮތަށް ނިންމުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. ނަމަވެސް އޭނަ ވިދާޅުވީ މިއީ ޓްވިޓާ ހަމައަކަށް އަޅުވަން ގެންނަ ބަދަލެއް ކަމަށާއި މީގެ ސަބަބުން ޓްވިޓާގެ ހަރަދުތައް މެނޭޖްކުރަން ވެސް ހަރުދަނާ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޓްވިޓާ އިން ވަނީ ދާދި ފަހުން ވެރިފިކޭޝަން ބެޖް ތަފާތު ކުލަތަކުން ވެސް ގެނެސްދޭން ފަށައިފަ އެވެ. އެގޮތުން ކުރިން ނޫ ޖުލައިގައި އިން ބެޖް މީހާރު ދޫކުރަނީ ސެލެބްރިޓީން ފަދަ މީސްމީހުންނެވެ. އަދި ވިޔަފާރިތަކަށް މިހާރު ހާއްސަކޮށްފައި ވަނީ ރަންކުލައިގެ ވެރިފިކޭޝަން ބެޖެެވެ. މީގެ އިތުރުން ސަރުކާރު/ސިޔާސީ އެކައުންޓްތަކަށް ދެނީ އަޅި ކުލައިގެ ބެޖެވެ.