Last Updated: April 27, 10:05
Saturday, April 27, 2024
ރިޕޯޓް

ރޯދަ ރަހަ: ސްޓަފްޑް އެވަކާޑޯ ސެލަޑް

* ބޭނުންވާނެ ތަކެތި:

2 އެވަކާޑޯ (ދެފަޅިކޮށް، އޮށް ނަގާފައި)
2 ޖޯޑު ކުކުޅު (ޗިކަން ބްރެސްޓް، އަވަނުގައި ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅަކާއެކު ފިހެ ކުދިކޮށްފައި)
¼ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު މެޔޮނައިޒް
2 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް
1 ލުނބޯގެ ހުތް
½1 މޭޒުމަތީ ސަމުސާ މަސްޓަޑް
ލޮނު
އަސޭމިރުސް
ޕާސްލީ (ކުދިކޮށް ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

އެވަކާޑޯތައް ފަޅިކޮށް ތޮށިގަނޑު ހަލާކު ނުވާ ގޮތަށް އެތެރޭގައި ހުރި ބައިތައް ވަކިކޮށްލާށެވެ.
ދެން ބޯތައްޓެއްގައި ކުކުޅާއި ފިޔަ އާއި މެޔޮނައިޒާއ ގްރީކް ގޯޔަޓާއި، ލުނބޯ ހުތާއި މަސްޓަޑާއި ލޮނާއި އަސޭމިރުސް އަދި ނެގި އެވަކާޑޯތައް ރަގަނޅަށް އެއްކޮށްލާށެވެ. އެއަށް ފަހު އެވަކާޑޯ ފަޅިތަކުގެ ތެރެއަށް އެއްކުރި މިކްސްގަނޑު އަޅާށެވެ. ދެން މައްޗަށް ޕާސްލީ ފަތްކޮޅު އަޅާ ގާނިޝްކޮށްލާނީ އެވެ.