Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

މަސްތުވެ، ސަލާންޖަހާ މީހުންނަށް ފަރުވާ ދެނީ

މާލޭގެ މަގުތަކުގައި މަސްތުވެގެން ތިބެ ސަލާންޖަހާ މީހުންނަށް ރިހިބިލިޓޭޓްކުރަމުން އަންނަ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވީ ވިދާޅުވީ އެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު ބެސް އެގޮތަށް ސަލާންޖަހަން ތިބި އަންހެނުންނާއި ފިރިހެނުންނަށް ވެސް އެކި މަރުކަޒުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޝަމާއު ވިދާޅުވީ މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގުވާ ގޮތަށް އެކި ކުށްތަައް ކުރާ މަސްތުވަތަކެތީގެ ބޭނުންކުރާ މީހުން ވެސް ފަރުވާގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިކޮށް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ބޭސްތައް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުން ރަނގަޅުކުރުމަށް މި ދެނީ. ބޭހުގެ އިތުރަށް އަޅާލުމާއި އެހީތެރިކަންވެސް އެބަ ބޭނުންވޭ،" އޭނަ ވިދާޅުވި އެވެ. "މުއައްސަސާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. މި މީހުން ރަނގަޅުކޮށް މުޖުތަމަޢުއަށް ނެރުމަށް. އެންމެން އެއްކޮށް މަސައްކަތްކޮށްފިނަމަ ތަފާތު ފެންނާނެ."

މާލޭގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންނަށް ފަރުވާ ދޭން ފަށާފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ސިއްޙީ ބޮޑެތި ބަލިތައް ވެސް ހުރި މީހުން ކމަށް ޝަމާއު ވިދާޅުވި އެވެ. އެހެންވެ އެ ބަލިތަކަށްވެސް ފަރުވާ ދީ އެ މީހުން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.