Last Updated: April 19, 06:24
Friday, April 19, 2024
މުނިފޫހިފިލުވުން

ކަރީނާ، ތައްބޫ އަދި ކްރިތީގެ ފިލްމު ފަށައިފި

ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން މައިގަނޑު ރޯލުތައް ކުޅޭ ފިލްމު "ދަ ކްރޫ" ގެ ޝޫޓިން މިއަދު ފަށައިފި އެވެ.

މިއީ އޭވިއޭޝަން ދާއިރާގައި އުޅޭ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. ކަރީނާގެ 2018 ގެ "ވީރޭ ދީ ވެޑިން" ޕްރޮޑިއުސްކުރި އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ "ދަ ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝަންނަން އެވެ.

މީގެ ކާސްޓްގައި ފަގުޑި އެޅި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.

"ދަ ކްރޫ" ގެ ޝޫޓިން މިއަދު ފެށި ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ އަހަރުގެ ފަހުކޮޅު ފިލްމު ރިލީޒްކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.