Last Updated: June 2, 11:06
Friday, June 2, 2023
ޚަބަރު

ގާސިމާ އެކީ އިތުރު ބައްދަލުވުމެއް ނުބާއްވާ: ސަލަފު

ޖުމްހޫރީ ޕާޓީ( ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.

ސަލަފް ޖަމިއްޔާ އިން މިހެން ބުނެފައި މިވަނީ ގާސިމްގެ ސަން އައިލޭންޑުގައި އެމަ ނިކުފާނާއެކު ރޭ ސަލަފްގެ އިސް ބޭފުޅުންތަކެއް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ސަލަފުން ބުނީ ގާސިމާއެކު މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށާއި ނޫސް މީޑިއާތަކުގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދޮގު ހަބަރު ފެތުރި މީޑިއާތަކުން މައާފަށް އެދި ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.

ދޮގު ތެދު ބެލުމެއް ނެތި ލިބޭ ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާ އެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ނޫސްވެރިންނާއި އާންމުންނަށް ސަލަފުން ވަނީ ގޮވާލައިފަ އެވެ.