Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ފިޔާ، އަލުވި އަދި ބިސް އައްޑޫން ހުސްވެއްޖެ

މަރަދޫފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރަ ކައިރީގައި ބަޔަކު ހަރަކާތްތެރި ވަނީ.

އެސްޓީއޯ އިން ވިއްކަމުން އަންނަ ފިޔަ އާއި އަލުވީގެ އިތުރުން ބިސް އައްޑޫން ހުސްވެއްޖެ އެވެ.

މިކަމާ ގުޅިގެން އެ ތިން ބާވަތް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވެ އެވެ. އައްޑޫގެ ބައެއް ވިޔަފާވެރިން ބުނި ގޮތުގައި މި ފަހަރު އެސްޓީއޯ އިން ފިޔަ އާއި އަލުވީގެ އިތުރުން ބިސް ގެނައީ ރޯދައާ ވަރަށް ގާތްކޮށްފައިކަމުން ޑިމާންޑާ އެއްވަރަށް އެ ތަކެތި ނުލިބުމުގެ އިތުރަށް ގެނައި ސްޓޮކްތަކުގައި ހަލާކުވެފައިވާ ބައި ވެސް ވަރަށް ބޮޑެވެ.

އެހެންވެ ރޯދަ މަސް ފެށުނުތަނާހެން ފިޔަ އާއި އަލުވީގެ އިތުރުން ބިސް އައްޑޫގެ އެސްޓީއޯ އިން ލިބުން ދަތިވެ، އެ ބާވަތްތައް މިހާތި ހުރީ އެއްކޮށް ހުސްވެފަ އެވެ. އަދި އާ ސްޓޮކްތަކެއް ލިބޭނެ އިރެއް ވެސް އެސްޓީއޯގެ ފަރާތުން ކަށަވަރު ނުވާ ކަމަށް ބައެއް ވިޔަފާވެރިން ބުނެ އެވެ. ނަމަވެސް އެސްޓިއޯއިން ބުނީ އައްޑޫގައި ފިޔާ އަލުވި، ބިސް ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ.

ވިޔަފާވެރިން ބުނި ގޮތުގައި މީގެ ދެ އަހަރެއް ކުރިން ސީދާ އިންޑިއާ އިން އެ ބާވަތްތައް އައްޑު އަށް ގެނެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތް ނަމަ ރޯދަ މަހު އެންމެ ޑިމާންޑް ބޮޑުވާ އެ ބާވަތްތައް ލިބުން ދައްޗެއް ނުވީހެވެ.

< ="o p--301722" r="ttp://.dd.o/p-ott/pod/2023/03/_d_202103171213441615965224.7971-300x225.jp" t="" dt="819" t="614" />

އައްޑު އާއި ޓުޓިކޮރިންއާ ދެމެދު 2020 ގެ ފަހުކޮޅު ކާގޯ ފެރީގެ ދަތުރުތައް ހުއްޓާލާފައި ވަނީ މިިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) އިން އޭރު ބުނެފައި ވަނީ ދަތުރުތައް ހުއްޓާލީ ދަތުރަށް ބޭނުންކުރި ބޯޓު ބާވެ، ހަދަން ޖެހޭ ބައެއް ސާވޭތައް ހެދެން ނެތުމުންނެވެ. އެކަމަކު އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިން ބުނެފައި ވަނީ އެ ދަތުރުތައް ހުއްޓާލި ނަމަވެސް އެކަމުގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ވިޔަފާވެރިންނަށް މި ފަހަރު މި އޮތީ އޭގެ ދަތިކަމާ ކުރިމަރިލާން ޖެހިފަ އެވެ. ކާގޯ ފެރީ އައްޑު އަށް ބޭއްވި އިރު، ވިޔަފާވެރިންނަށް ތާޒާކޮށް ތަކެތި ގެނެސް ވިއްކަން ފުރުސަތު ލިބި، އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއްވެގެން ދިޔަ އެވެ.

އައްޑޫން ފިޔަ އާއި އަލުވީގެ އިތުރުން ބިސް ހުސްވެފައިވާ އިރު، އެސްޓީއޯ އިން ރޯދައިގެ ކުރިން ބުނެފައި ވަނީ އެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ އެވެ.

ރޯދަ މަސް ފެށުނު އިރު، އައްޑޫން ފުށާއި ހަކުރު ވެސް ހުސްވެފައިވެ އެވެ. އެކަމަކު އެ ބާވަތްތަކުގެ އާ ޝިޕްމަންޓެއް މިއަދު އައްޑު އަށް ވަނީ ގެނެސްފައިވެ އެވެ.